ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 81 ޕަސެންޓު މަސައްކަތް ނިމިއްޖެއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ 30 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ.
ދުވާފަރު މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 28.2 މިލިއަން ރުފިޔާއަށެވެ.
ދުވާފަރުގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ހަތް ރަށެއްގެ މަގުތައް ހެދުމަށް އެމްޓީސީސީން ފެށި ޕްރޮޖެކްޓެއްގެ ދަށުން ކުރަމުންދާ މަސައްކަތެކެވެ. އެ ޕްރޮޖެކްޓްގެ ދަށުން މަގުތައް ހަދަން ފެށި ރަށްތަކުގެ ތެރޭގައި ހދ. ހަނިމާދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ސ. ހުޅުދޫމީދޫ، ށ. ފޮނަދޫގެ މަގުތަކާއި އަދި ފުވައްމުލަކު ސިޓީގެ ރިންގްރޯޑް ހެދުން ހިމެނެއެވެ.