ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލުގެ ޑްރާފްޓުން ޕާޓީތައް ސަސްޕެންޑު ކުރުމުގެ މާއްދާ އުނިކޮށްފިއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނު އިސްލާހު ކުރުމާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު ކުރެވުނު މަޝްވަރާތަކުގެ ފައިނަލް ކަރުދާސް އެޓާނީ ޖެނެރަލްގެ އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ.
އެ ގާނޫނަށް ގެންނަން ނިންމި އިސްލާހުގައި މީގެކުރިން ބުނެފައިވަނީ ޕާޓީތައް ގާނޫނުތަކާ ހިލާފުވެއްޖެނަމަ، ވަކި މުއްދަތަކަށް ސަސްޕެންޑް ކުރެވޭނެ ކަމަށެވެ. އެ އިސްލާހަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތީން، ޕާޓީތައް ސަސްޕެންޑު ކުރުމުގެ މާއްދާ މިހާރު ވާނީ އުނިކޮށްފައި ކަމަށެވެ. އަދި އެ ގާނޫނަށް ގެންނަން ނިންމާފައިވާ މުހިއްމު އިސްލާހުތަކުގެ ތެރޭގައި ޕާޓީއެއް އުވާލެވޭނީ ހަމައެކަނި ކޯޓަށް ހުށަހަޅައިގެންކަން ބަޔާންކޮށްފައިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ސިިޔާސީ ޕާޓީތަކުގެ ޤާނޫނު މިހާރު އޮންނަގޮތުން ނަަމަ، އިލެކްޝަންސް ކޮމިޝަނަށް އެޅެން އޮންނަ ފިޔަވަޅަކީ ޕާޓީއެއް އުވާލުމާއި، ޖޫރިމަނާ ކުރުން އެކަންޏެވެ.