Last Updated: July 19, 05:51
Saturday, July 19, 2025
ޚަބަރު

އުނގޫފާރުން ރެންޑަމްކޮށް ނެގި ސާމްޕަލެއް ޕޮޒިޓިވް ވެއްޖެ

ރ.އުނގޫފާރުން ރެންޑަމްކޮށް ނެގި ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރެންޑަމްކޮށް އެ ރަށުން ސާމްޕަލް ނަގާފައިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ރ.ކުޑަކުރަތުން ބިދޭސީންތަކެއް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އުނގޫފާރުން ރެންޑަމްކޮށް ނެގި ސާމްޕަލެއް ޕޮޒިޓިވްވުމުން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެންނާނެ ކަމަށް ބެލެވެއެވެ.

އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު ރާއްޖޭގެ 22 ރަށެއްގައި ކޮވިޑްގެ 45 އެކްޓިވް ކޭސް އެބަ އުޅެއެވެ. އަދި މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ ހދ.ކުޅުދުއްފުށި އެކަންޏެވެ.

ރާއްޖެއިން ކޮވިޑަށް 11،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، 37 މީހަކު ވަނީ ނިޔާވެފައެވެ.