Last Updated: July 19, 05:51
Saturday, July 19, 2025
ޚަބަރު

ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު އަތުލައިގެންފި

ޝަހުސު އޮޅުވަލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީ އަންހެނަކު ހުއްޓުވައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށް ޝަހުސު އޮޅުވާލައިގެން (އިމްޕޯސްޓާ) ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި 28 އަހަރުގެ ބިދޭސީ އަންހެނަކު ހުއްޓުވާފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.

މީގެކުރިން ވެސް އިމިގްރޭޝަނުން ވަނީ ނަކަލުކޮށްފައިވާ ޕާސްޕޯޓުތަކެއް އަދި ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށް ޝަހުސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ވެސް ހުއްޓުވާފައެވެ.

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ މައްސަލަތައް އިމިގްރޭޝަނުން ބަލަން ފަށާފައިވާއިރު މީގެކުރިން ވަނީ ބިދޭސީންތަކެއް ޑީޕޯޓްވެސް ކޮށްލާފަ އެވެ.