ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ 27 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި 17 ދިވެހިންނާއި 10 ބިދޭސީން ހިމެނޭ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނާއި އަތޮޅުތަކުންނެވެ. އެގޮތުން މާލެ ސަރަހައްދު 20 މީހަކު ޕޮޒިޓިވްވިއިރު އަތޮޅުތަކުން 7 މީހަކު ވަނީ މިއަދު ޕޮޒިޓިވްވެފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11،532 އަށް އަރާފައެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 925 ކޭސް އެވެ. މި ބަލިން 10،563 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 37 މީހަކަށެވެ. މި ބަލީގައި 37 މީހަކު ވަނީ ނިޔާވެފައެވެ.