Last Updated: July 28, 06:15
Monday, July 28, 2025
ޚަބަރު

ހާލުކޮޅު ދެރަވެ ޝިޔާމަށް އޭޑީކޭގައި ފަރުވާ ދެނީ

އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ހާލުކޮޅު ދެރަވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝިޔާމްގެ ސިއްހީ ހާލުކޮޅު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ. އަދި ޝިޔާމަށް ދިމާވި މައްސަލައިގެ ތަފްސީލެއް ލިބިފައި ނުވާ ކަމަށް ހީނާ ވިދާޅުވިއެވެ.

"އަދި ދިމާވި މައްސަލައެއްގެ ތަފްސީލެއް ނުލިބޭ. މިހާރު ދަނީ ޓެސްޓުތައް ހަދަމުން" ހީނާ ވިދާޅުވިއެވެ.

ޝިޔާމުގެ ހާލުކޮޅު ދެރަވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންވަނިކޮށެވެ. އަދި އޭޑީކޭ ހޮސްޕިޓަލަށް ގެންދަން ޝިޔާމް މަޖިލީހުގެ އިދާރާއިން ބޭރަށް ނެރުނީ މެންބަރުންގެ އެހީގަ އެވެ.