ރ.އުނގޫފާރުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.
އެމްޓީސީސީން ބުނީ އުނގޫފާރުގެ މަގު ހެދުމުގެ މަސައްކަތުގެ ދަށުން 2000 އަކަ މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މަގު އެއްވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 42 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
ރ. އުނގޫފާރު ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން އުނގޫފާރުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި ރަނގަޅު ފެންވަރަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުއަކީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.