Last Updated: July 28, 06:15
Monday, July 28, 2025
ޚަބަރު

އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި

"ނޭޝަނަލް ޑިމޮކްރެޓިކް ކޮންގްރެސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ޕާޓީ އުފެއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށެވެ. އެ ހުއްދަ ދީފައިވަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ކުރީގެ ރައީސް ޔޫސުފް މާނިއު މުހައްމަދަށެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީކޮށްފައި އޮތީ 10 ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ޑީއާރުޕީ އާއި އެމްޑީއޭ އާއި އެމްޓީޑީގެ އިތުރުން ޕީއެންސީ އާއި އެމްއެލްއެސްޑީޕީގެ އިތުރުން އެމްއާރްއެމް އެވެ.