Last Updated: July 27, 22:53
Sunday, July 27, 2025
ޚަބަރު

ކުޑަކުދިންގެ ހިޔާއިން ޕޮޒިޓިވްވި ކުދިން ރަނގަޅުވެއްޖެ

ވިލިމާލޭ ކުޑަކުދިންގެ ހިޔާ އިން ކޮވިޑް-19 އަށް ޕޮޒްޓިވްވި ކުދިން ބަލިން ރަނގަޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ޕޮޒިޓިވްވި ކުދިންގެ ނަތީޖާތައް ނެގެޓިވްވުމުން، އެތަން މިހާރު މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ.

ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންގެންދާ ދެ ކުޑަކުއްޖެއްގެ ކިބައިން، ރޯގާގެ އަލާމާތްތައް ފެނުމާއި ގުޅިގެން ޓެސްޓްކުރުމުން ކޮވިޑް-19 އަށް ޕޮޒްޓިވްވީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ކުޑަކުދިންގެ ހިޔާއަކީ ގިނަ އަދަދެއްގެ ކުދިން އެކުގައި ދިރިއުޅޭ ތަނަކަށްވާތީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗް.ޕީ.އޭ އަދި އެޗް.އޯ.އީ.ސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތަށް ތަނުގެ އިންތިޒާމްތައް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

ކުޑަކުދިންގެ ހިޔާ އިން ކޮވިޑް ކޭސްތަކެއް ފެނުނު އިރު ހުޅުމާލޭގައި ހުންނަ ފިޔަވަތިން ވެސް ވަނީ އެބަލީގެ ކޭސްތަކެއް ފެނިފަ އެވެ.