Last Updated: April 19, 06:24
Friday, April 19, 2024
ޚަބަރު

އެންއައިސީގެ ރައީސަކަށް ގާސިމް

އެންއައިސީގެ ރައީސް ގާސިމް - ފޮޓޯ: ރައީސް އޮފީސް

ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސްގެ މަގާމަށް ޤާސިމް އަބްދުލްކަރީމް އައްޔަންކުރައްވައިފިއެވެ.

ގާސިމް އެ މަގާމަށް އައްޔަން ކުރެއްވިކަން ހާމަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ސިޓީފުޅެއް ފޮނުއްވާފައެވެ.

އެންއައިސީއަށް އައްޔަނުކުރުމަށް ޤާސިމަށް ރުހުންދޭން ފެންނަކަމަށް މަޖިލީހުން ނިންމީ މިދިޔަ ހަފްތާގައެވެ. އޭނާ މި މަގާމަށް އައްޔަނުކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ 51 މެމްބަރުން ވޯޓުދެއްވިއެވެ.

ގާސިމްގެ ނަން މަޖިލީހަށް ފޮނުއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހު މަޖިލީހަށް ފޮނުވި ލިސްޓުގެ އެންމެ ކުރީގައި އޮތީ ވެސް ގާސިމްގެ ނަމެވެ.

ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާންމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށް ސާބިތުވެ، އަށް އަހަރާއި 12 މަހަށް ގާސިމް ވަނީ މީގެކުރިން ޖަލަށް ވެސް ލައިފައެވެ. އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

އެންއައިސީން ހަތަރު މަގާމެއް ހުސްވީ އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަޙްމަދު ސުލައިމާން އެމަޤާމުން ވަކިކުރުމާ ގުޅިގެންނާއި، އެ ކޮމިޝަނުގެ އިތުރު ތިން މެމްބަރުން ކަމަށްވާ ހައްސާން ހަމީދު އާއި ހަދީޖާ އަބްދުﷲގެ އިތުރުން އަހުމަދު އަމީން މަގާމުން އިސްތިއުފާ ދެއްވާފައިވާތިއެވެ.