ޔޫރޯ މާކެޓިންގ ޕްރައިވެޓް ލިމިޓެޑްގެ އޮފީހުން ލެޕްޓޮޕެއް ވަގަށް ނެގި މީހަކު ހޯޯދަން ފުލުހުން ވީޑިއޯ އެއް އާންމުކޮށްފިއެވެ.
ފުލުހުން ބުނީ އެ ވީޑިއޯ ފެންނަ މީހާއަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ޔޫރޯ މާރކެޓިންގ ޕްރައިވެޓް ލިމިޓެޑްގެ އޮފީހުން ލެޕްޓޮޕެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.
އެހެންކަމުން އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.