Last Updated: July 25, 18:20
Friday, July 25, 2025
ޚަބަރު

މާލޭ ގެއެއްގެ ތެރޭ މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ

މާލޭގެ އިމާރާތްތަކެއް - ފޮޓޯ: ސަން

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:49 ހާއިރު ހެންވޭރު ގެއެއްގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން މަރުވެފައި އޮއްވާ ފެނުނީ 40 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހެ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.