ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުން މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ފެން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މާލެ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އައިޖީއެމްއެޗް، އެސްޓީއޯ ފުށް ގުދަން، މާގިރި ހޮޓެލް އަދި މާފަންނު ސްޓޭޑިއަމް ކައިރީ ފެންބޮޑުވެފައިވާ ކަމަށެވެ. އެގޮތުން ސަރަހައްދުތަކުގައި ޕަމްޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މާލެ އަށް މިއަދު ބޯކޮށް ވާރޭވެހުނުއިރު މެޓް އޮފީހުން ވަނީ ބ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ދެމެދުގެ ސަރަހައްދަކަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަ ވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.