Last Updated: July 25, 18:20
Friday, July 25, 2025
ޚަބަރު

ފޭރެން އުޅުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

ދުންފަތާއި ސިނގިރޭޓު ވިޔަފާރި ކުރާ ރޫޓު ފިހާރައިގެ ފައިސާ ބޭންކަށް ޖަމާކުރަން ދަނިކޮށް މަގުމަތިން ފޭރެން އުޅުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ފުރަތަމަ ހައްޔަރުކުރީ 20 އަހަރުގެ ޒުވާނެކެވެ. އަދި ދެވަނަ އަށް ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭރެން އުޅުނު ފައިސާ އަކީ ރޫޓު ފިހާރައިން ބޭންކު އޮފް ސިލޯނަށް ޖަމާކުރަން ދިޔަ 4.5 މިލިއަން ރުފިޔާއެވެ.

މިދިޔަ އާދީއްތަ ދުވަހު ހިނގި މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ. އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ފައިސާ ޖަމާކުރަން ރޫޓްގެ ވޭނެއް ބޭންކުގެ ކުރިމައްޗަށް މަޑުކޮށްލައި ވޭނުގެ ދޮރު ހުޅުވާލުމާއެކު އެވަގުތު އެ ސަރަހައްދުގައި ދެ ސައިކަލަކުން ގޮސް ތިބި ހަތަރު މީހަކު ވަނީ ވޭނު ކައިރީގައި ތިބި އެ ފިހާރައިގެ މުވައްޒަފުން އެތަނުން ދުރަށްލައި ފައިސާ ފޭރެން މަސައްކަތްކޮށްފައެވެ.

ސައިކަލުގައި ދިޔަ 4 މީހުންގެ ތެރެއިން 3 މީހަކު ތިބީ ހެލްމެޓް އަޅައިގެންނެވެ. އަނެކަކު ހުރީ މާސްކެއް އަޅައިގެންނެވެ.

ފައިސާ ފޭރެން މަސައްކަތް ކުރުމުން އެސަރަހައްދުގައި ތިބި ގިނަ ބަޔަކު އެތަން ދޫކޮށްދާ މަންޒަރު ފެންނައިރު
ވެހިކަލުން ފޭބި މީހުންގެ ފޮނުވާލުމަށާއި އެމީހުންގެ ކިބައިން ފައިސާ ސަލާމަތްކުރުމަށް ބޭންކް އޮފް ސިލޯންގެ ސެކިއުރިޓީން މަސައްކަތްކުރާ މަންޒަރު ވެސް ފެނެއެވެ.