ކ.މާފުށިން ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މާފުށި ކައުންސިލުން ބުނީ މާފުށި ގެސްޓްހައުސް އެއްގައި ހުރި ފަތުރުވެރިއަކު ފުރުމުގެ ކުރިން ނަގަންޖެހޭ ސާމްޕަލް ނެގިއިރު އެ ފަރާތުގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ގެސްޓްހައުސް ހިންގާ ރަށްރަށުގައި މާސްކު އެޅުން އެޗްޕީއޭ އިން މަޖުބޫރުކޮށްފައިވާއިރު، މާފުށި ކައުންސިލުން ވަނީ ގިނަ ރައްޔިތުންނާއި ފަތުރުވެރިން މާސްކު ނާޅައި އުޅޭކަން ފާހަގަކުރެވޭ ކަމަށް ބުނެފައެވެ.
އެހެންކަމުން އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ބޭރުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުމަށް އެ ރަށުގެ ރައްޔިތުންނަށް ކައުންސިލުން ވަނީ އަންގާފައެވެ. އަދި އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ރައްޔިތުންނާ ފަތުރުވެރިން އަމަލުކޮށް، ފަރުދީ ޒިންމާ އަދާކުރުމަށް ވެސް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.