Last Updated: April 25, 10:16
Thursday, April 25, 2024
ޚަބަރު

މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 11 ބިލިއަން

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ދައުލަތަށް މިއަހަރުގެ މިހާތަނަށް 11 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

ފިނޭންސް އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީގެ 77 ޕަސެންޓު ލިބިފައި ވަނީ ޓެކުހުންނެވެ. ޓެކްސް ނޫން އާމްދަނީ އިން ލިބުނީ 23 ޕަސެންޓުގެ އާމްދަނީއެވެ.

އެގޮތުން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 8.4 ބިލިއަން ރުފިޔާ އަށް އަރާއިރު، ޓެކްސް ރެވެނިއުގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ އާމްދަނީގެ ގޮތުގައި ލިބިފައެވެ.

ތަފާތު އެކި ޖޫރިމަނާތަކުން ދައުލަތަށް 107 މިލިއަން ރުފިޔާ ލިބިފައިވާއިރު ދައުލަތުން ހަރަދުގެ ގޮތުގައި 20 ބިލިއަން ވަނީ ހަރަދު ކޮށްފައެވެ. އެގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރައަށެވެ.

ސާރަ އާއި އިނާޔަތްތައް ދިނުމަށް 7.6 ބިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ހަރަދު ކޮށްފައިވާއިރު ލޯނު ދެއްކުމަށް 793.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.