Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ޠަލާލް އަލް ޖެރީގެ ފަރާތުން 10،000 މުސްހަފު ހަދިޔާކޮށްފި

ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ދިހަ ހާސް މުސްހަފް ހަދިޔާ ކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ ތަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަނަކީ ހިލޭ ސާބަހަށް އިންސާނީ ހިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށެވެ.

މި މުސްހަފްތަކަކީ ނާއިބު ރައީސް ފައިސަލް ނަސީމް މިދިޔަ ޖެނުއަރީ މަހު ކުވެއިތަށް ކުރެއްވި ދަތުރުފުޅުގައި ލިބިގެން ދިޔަ އެހީއެކެވެ. އެގޮތުން ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ އެ ފައުންޑޭޝަންގެ އޮނަރަރީ ޕްރެޒިޑެންޓް ޠަލާލް އަލް ޖެރީ އާ ބައްދަލުކުރައްވާ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

އެ ފައުންޑޭޝަން އިން ހަދިޔާކުރި މުސްހަފްތައް ހަވާލުކުރެއްވީ މިއަދު އިސްލާމިކް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައެވެ. މުސްހަފްތަކާއި ހަވާލުވެލެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުއެވެ.