Last Updated: April 19, 22:14
Friday, April 19, 2024
ޚަބަރު

ކައްދޫގައި ހަތިޔާރާއެކު ސިފައިން ތަމްރީނެއް ކުރިޔަށް ގެންދަނީ

ސިފައިންގެ މީހުންތަކެއް ތަމްރީނެއްގައި---ފޮޓޯ / މިހާރު

ހަތިޔާރާއެކު ލ.ކައްދޫގައި އަންނަ ހޮނިހިރު ދުވަހު ސިފައިން ތަމްރީނުތަކެއް ކުރިޔަށް ގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ތަމްރީންތަކަކީ ތިން ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ ތަމްރީނުތަކެއް ކަމަށެވެ. އެ ތަމްރީނުގައި ބަޑި ޖެހުމަށް ހަމަޖެހިފައިވާއިރު ތަމްރީން ކުރިޔަށް ގެންދާނީ އިރު އޮއްސި 6:00 އިން ރޭގަނޑު 12:00އާ ހަމައަށް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

މިތަމްރީން ޕްރޮގްރާމްގައި ހަތިޔާރުގެ ގޮތުގައި ފިސްތޯލައާއި ރައިފަލްއާއި މެޝިންގަންގެ އިތުރުން ފްލެޔާސް ބޭނުން ކުރާނެއެވެ. މި ތަމްރީންތަކުގައި ވައިގެ ސަރަހައްދު ބޭނުން ކުރާނެ އެންމެ ދުރު މިނަކީ 5،000 މީޓަރުގެ ސަރަހައްދެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ވައިގެ ސަރަހައްދުން އެންމެ އުސްމިނުގައި ބޭނުން ކުރާނީ 300 މީޓަރުގެ ސަރަހައްދެއްގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.