Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ގެވެށި އަނިޔާ ލިބުނު ހޯރަފުށި އަންހެނަކަށް ކުޅުދުފުއްށީގައި ފަރުވާ ދެނީ

ހއ. ހޯރަފުށީގައި ގެވެށި އަނިޔާ ލިބުނު އަންހެނަކަށް ފަރުވާ ހދ. ކުޅުދުއްފުށި ސިޓީގެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ އެ ހާދިސާ ހިނގީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އެ މައްސަލަ އާއި ގުޅިގެން ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޖެންޑާ އިން މައުލޫމާތުދެއެވެ.

ޖެންޑާ މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި އަނިޔާ ލިބުނު އަންހެން މީހާގެ ކުދިންގެ ރައްކާތެރިކަން އެ މިނިސްޓްރީ އިން ކަށަވަރު ކޮށްފައިވާ ކަމަށެވެ. ބައެއް މީޑިއާތަކަށް ކުޅުދުއްފުށި ކައުންސިލުން ދީފައިވާ މައުލޫމާތުތަކުގައި ވަނީ އެ އަންހެން މީހާ މިހާރު ކުޅުދުއްފުށީގައި ހުންނަ އެމީހާގެ ގެއަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

އޭނާ ގެއަށް ބަދަލު ކުރި ނަމަވެސް އޭނާ އަށް ދޭންޖެހޭ ފަރުވާ ދޭނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އޭނާގެ އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު މިހާރު އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މި މައްސަލާގައި އަންހެން މީހާ އަށް އަނިޔާކުރި މީހާ ހައްޔަރުކުރި ކަމެއް އަދި ނޭނގެއެވެ. ގެވެށި އަނިޔާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތަކެކެވެ.