Last Updated: July 21, 06:01
Monday, July 21, 2025
ޚަބަރު

މިއަދު ޕޮޒިޓިވްވީ 25 މީހުން

ކޮވިޑް-19 ގެ ސާމްޕަލްތައް ޓެސްޓު ކުރަނީ - ފޮޓޯ: ރާއްޖެއެމްވީ

ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ 25 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 16 ދިވެހިންނާއި 9 ބިދޭސީން ހިމެނޭ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނާއި އަތޮޅުތަކުންނެވެ. އެގޮތުން މާލެ ސަރަހައްދު 16 މީހަކު ޕޮޒިޓިވްވިއިރު އަތޮޅުތަކުން 9 މީހަކު ވަނީ މިއަދު ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11،616 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 839 ކޭސް އެވެ. މި ބަލިން 10،733 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 55 މީހަކަށެވެ. މި ބަލީގައި 37 މީހަކު ވަނީ ނިޔާވެފައެވެ.