Last Updated: July 21, 06:01
Monday, July 21, 2025
ޚަބަރު

ގަމުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް

ލ.ގަން

ލ.ގަމުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ ގަމު މުކުރިމަގު، ލިންކު ރޯޑުގައި ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ޕިކަޕެއްގެ ފަހަތުގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 9:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އެގޮތުން މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާ އަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން ލ.ގަން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އަނިޔާވެފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.