Last Updated: July 21, 06:01
Monday, July 21, 2025
ވިޔަފާރި

އުރީދޫން އެންމެފަހުގެ އައިފޯންތައް ޕްރީ އޯޑަރަށް ހުޅުވާލައިފި

އެޕަލް ކުންފުނިން އެންމެ ފަހުން ތައާރަފް ކުރި އައިޕޯން 12 އަދި އައިފޯން 12 ޕްރޯ އުރީދޫން ރާއްޖެ އަށް ތަޢާރަފްކޮށްފިއެވެ.

މިމަހުގެ 13 ވަނަދުވަހު އެޕަލް އިން ތަޢާރަފް ކުރި މި ސީރީސްގައި އައިފޯން 12 ގެ ޖުމްލަ 4 މޮޑެލް އެއް ވަނީ ތާރަފްކޮށްފައެވެ. އެއީ އައިފޯން 12 އާއި އައިފޯން 12 ޕްރޯއާއި އައިފޯން 12 މިނި އަދި އައިފޯން 12 ޕްރޯ މެކްސް އެވެ.

ނަމަވެސް އުރީދޫން ޕްރީ އޯޑަރަށް ހުޅުވާލީ އައިފޯން 12 އަދި އައިފޯން 12 ޕްރޯ އެވެ. މި ދެ މޮޑަލްގެ ފޯނަށްވެސް މޫލީ މެދުވެރިކޮށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ރޭ 12:00 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ.

އައިފޯން 12 ތަފާތު ކުލަތައް ދުނިޔޭގެ ބާޒާރަށް ނެރެފައިވާއިރު އޭގެ ތެރޭގައި ކަޅު، ހުދު، ނޫ، ރަތް އަދި ފެހި ކުލަ ހިމެނެއެވެ.