Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

އިންޑިއާގެ އެހީގައި 11 ރަށެއްގައި ޕާކު އަޅަނީ

އަވަށްޓެރި އިންޑިއާގެ އެހީގައި ރާއްޖޭގެ 11 ރަށެއްގައި ޕާކު އެޅުމަށް ނިންމައިފިއެވެ.

މިކަން އިއުލާން ކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައެވެ. ޕާކް އަޅަން ނިންމާފައިވާ ރަށްތަކަކީ ކ.މާފުށި، އއ.ފެރިދޫ، އދ.މަހިބަދޫ، އދ.ހަންޏާމީދޫ، އދ.ދިއްދޫ، އދ.މަންދޫ، ވ.ފުލިދޫ، ވ.ކެޔޮދޫ، މ.މުލި، މ.މުލަށް، މ.ކޮޅުފުށި

މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 11 ރަށެއްގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޕާކް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

މީގެކުރިންވެސް ބައެއް ރަށްތަކުގައި ޕާކުތައް އެޅުމަށް ކުންފުނިތަކަށް ހަވާލުކޮށްފައިވެއެވެ. އަދި ބައެއް ރަށްތަކުގައި ކަސްރަތު ކުރާނެ ސަރަހައްދުތައް ވެސް ވަނީ ގާއިމްކޮށްފައެވެ.