Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

މޯލްޑިވިއަންގެ އެހީއާ އެކު އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފަށައިފި

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެހީއާ އެކު އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފުރަތަމަ ފަހަރަށް މިއަދު ފަށައިފިއެވެ.

މި ހިދުމަތް ފައްޓަވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ. ހިދުމަތް ފައްޓަވައިދެއްވުމަށްފަހު މޯދީ ވަނީ ސީ ޕްލޭންގައި ދަތުރުފުޅެއް ކުރައްވާފައެވެ.

އިންޑިއާގައި ސީޕްލޭން ޚިދުމަތް ފެށުމުގެ ގޮތުން މޯލްޑިވިއަންގެ ސީޕްލޭނެއް ޗާޓަރު ކޮށްގެން މިދިޔަ ހޯމަ ދުވަހު ވަނީ އެގައުމަށް ގެންގޮސްފައެވެ. އެ ސީޕްލޭންގައި މޯލްޑިވިއަންގެ ޕައިލެޓުންނާއި ކްރޫން ވަނީ އިންޑިއާ އަށް ގޮސްފައެވެ.

އިންޑިއާގައި ސީޕްލޭންގެ ޚިދުމަތް ދޭނީ އެ ގައުމުގެ ސްޕައިސް ޖެޓް އެއާލައިނުންނެވެ. އެގޮތުން އައިލެންޑް އޭވިއޭޝަނުން ސްޕައިސް ޖެޓަށް އެއް ސީޕްލޭން ލީޒް ކޮށްފައި ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެއެވެ.

އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފެށިއިރު ސީޕްލޭން ދަތުރުތައް ކުރުމަށް ނިންމާފައިވަނީ އިންޑިއާގެ އަޙްމަދުއާބާދުން ގުޖުރާތުގައި އޮންނަ އަވަށެއް ކަމަށްވާ ކެވަޑިއާއަށެވެ. އެގޮތުން ދުވާލަކު އަށް ދަތުުރު ބޭއްވުމަށް ނިންމާފައިވާއިރު، ދަތުރުތަކުގެ އަގު އުޅެނީ 4،800 އިންޑިއަން ރުޕީސް ގައެވެ.