Last Updated: April 25, 17:01
Thursday, April 25, 2024
ޚަބަރު

އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ފޮނުވައިފި

އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީ އިން ފޮނުވައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަޙްމަދު ސަރުވަޝް އާދަމް މީގެކުރިން ވިދާޅުވީ 2021 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓްގެ ގޮތުގައި މިދިޔަ މަހުގެ 31 ގެ ކުރިން ހުށަހަޅާނެ ކަމަށެވެ.

މަޖިލީހަށް ހުށަހަޅާނީ 35 ބިލިޔަނެއްހާ ރުފިޔާގެ ބަޖެޓެއް ކަމަށްވެސް ޝަރުވަޝް ވިދާޅުވިއެވެ.

މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު، މިނިސްޓަރު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 1 މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށެވެ.

އެހެންކަމުން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު މަޖިލީހަށް ހުށައަޅަން ޖެހޭނެއެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓު ހުށަހެޅި ކަމަށް ފިނޭންސް އިން ބުނި ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.