ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ގާޒީން ހޯދުމަށް އިއުލާނު ކޮށްފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުން އެ ދެ ކޯޓަށް ގާޒީން ހޯދަން އިއުލާނު ކޮށްފައިވަނީ މިއަދު އެވެ. ހޯދަނީ ކޮންމެ ކޯޓަކަށް ގާޒީ އެކެވެ.
އެ މަގާމުގެ ޝަރުތަކީ އުމުރުން 25 އަހަރު ފުރިފައިވުމާއި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުރުމެވެ.
އެ އިއުލާނުގައިވާ ގޮތުން އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،300 ރުފިޔާ ލިބޭއިރު ސިވިލް ކޯޓުގެ ގާޒީއަކަށް މަހަކު 46،650 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބޭނެ އެވެ.