ސިބްކޯ އިން "ފިޒާ" ބާސްމަތީ ހަނޑުލުގެ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ބްކޯ އިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން މި ބްރޭންޑުގެ 20 ކިލޯގެ ތިން ހަނޑޫ ގޯނި ގަތުމުން 20 ކިލޯގެ ހަނޑޫ ގޯންޏެއް ހިލޭ ލިބޭނެ ކަމަށެވެ.
އެގޮތުން މި ބްރޭންޑުގެ ހަނޑު ޕެކެޓްގެ ސްޓޮކް ހުސްވަންދެން މި ޕްރޮމޯޝަން ކުރިއަށްގެންދާނެ ކަމަށް ސިބްކޯ އިން ބުނެއެވެ.
މި ޕްރޮމޯޝަނާއި ގުޅޭގޮތުން މައުލޫމާތުދެމުން ސިބްކޯގެ މެނޭޖަރ މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ، އަޙްމަދު ހާނީ ނަޢީމް ވިދާޅުވީ ފިޒާ ބްރޭންޑުގެ 20 ކިލޯގެ ހަނޑުލަކީ ކޭޓަރ ކުރައްވާ ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ ބްރޭންޑެއް ކަމަށެވެ.
އަފި ކެފޭ، ރެސްޓޯރެންޓްތަކާއި ރިޒޯޓް ސްޓާފް ކެންޓީނުތަކަށް އަދި ބައެއް ފިހާރަތަކުން ކިލޯ ކިރައިގެން ވިއްކަމުންދާ ކަމަށްވެސް ހާނީ ވިދާޅުވިއެވެ. މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ހާނީ ވިދާޅުވިއެވެ.
ސިބްކޯ އަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ އަލް މުދިޝް އާއި މަމީ ޕޮކޯ ޑައިޕާ އާއި ފަލަކް ބާސްމަތީ ހަނޑޫ އަދި ޑިއުރަސަލް ބެޓެރީގެ އިތުރުން ސެލްޕެކް ރޭންޖުގެ ޓިޝޫ ރާއްޖެ އަށް އެތެރެކޮށް ވިއްކާ ކުންފުންޏެވެ.