Last Updated: July 21, 10:41
Monday, July 21, 2025
ޚަބަރު

ހިޔާ ފްލެޓް: ފޯނަށް ނުގުޅޭ އިތުރު 93 ފަރާތެއްގެ ނަން އާންމުކޮށްފި

ހިޔާ މަޝްރޫއުގެ ފްލެޓުތައް: ފޮޓޯ / ވަން

"ހިޔާ މަޝްރޫޢު" ގެ ދަށުން ފުލެޓަށް އެދި H7ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި އިތުރު 93 ފަރާތެއްގެ ނަން ހާމަކޮށްފިއެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން މިއަދު ބުނީ H7 ނުވަތަ 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާޢްސަ ކެޓެގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، އިތުރު ފަރާތްތަކަކާ ނުގުޅޭކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މިގޮތުން ފާހަގަކުރެވިފައިވާ 93 ފަރާތެއްގެ ނަން އެ ކޮމިޓީން ވަނީ ހާމަކޮށްފައެވެ. މީގެކުރިން އެ ކޮމިޓީން ވަނީ ކެޓެގަރީ އަށް ކުރިމަތިލީ މީހުންގެ ތެރެއިން ފޯނުން ނުގުޅޭ 509 ފަރާތެއްގެ ނަން ވެސް ހާމަކޮށްފައެވެ.

އެ ފަރާތްތަކަށް ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކުރައްވާފައިވާކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ފާހަގަކުރެއެވެ.

ފްލެޓް ކޮމިޓީން ވަނީ އެ ދެ ލިސްޓުގައި ހިމެނޭ ފަރާތްތަކުން ވެސް މި މަހުގެ ފަސްވަނަ ދުވަހުގެ 15:00 ގެ ކުރިން، https://hcc.presidency.gov.mv/ ފޯމު ފުރިހަމަ ކުރުމަށް އެދިފައެވެ.