އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް ހުށަހެޅުން އަންނަ ހޯމަދުވަހު އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ބަޖެޓް މަޖިލީހަށް ލިބިފައިވީ ނަމަވެސް މެމްބަރުންނަށް ބަޖެޓް ދެވެން އޮންނަނީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ފިނޭންސް މިނިސްޓަރ މަޖިލީހުގެ ތަޅުމަށް ބަޖެޓް ހުށަހެޅުމުން ކަމަށެވެ.
އަދި ބަޖެޓް ހުށަހަޅާފަހުން 5 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، މިމަހުގެ 16 ވަނަ ދުވަހު ބަޖެޓް ބަހުސް މަރުހަލާ ފައްޓަވާނެ ކަމަށާއި ބަޖެޓްގެ ބަހުސް މަރުހަލާ ނިންމުމަށްފަހު އަންނަ މަހުގެ ކުރީކޮޅު ބަޖެޓް މަޖިލީހުން ފާސްކުރުމަށް މަަސއްކަތް ކުރައްވާނެކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހަށް ބަޖެޓު ހުށަހެޅި ކަމަށް ފިނޭންސް އިން ބުނި ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.