Last Updated: July 21, 17:16
Monday, July 21, 2025
ޚަބަރު

ޔުނާންގެ ދެމަފިރިންނަށް ދައުވާކޮށްފި

ހުޅުމާލޭގައި 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނީ ޔުނާން އާއި ރިހުލާ 2019 ވަނަ އަހަރާއި މި އަހަރުގެ ތެރޭގައި އެކި ދުވަސްމަތިން ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދަޢުވާކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަތަކުގައި ޔުނާންގެ މައްޗަށް 9 ދަޢުވާ، އަދި ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރުމަށް ވަނީ ކޯޓަށް ފޮނުވާފައެވެ.

އެ ދެމީހުންވެސް މި ވަގުތު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.