Last Updated: April 25, 09:40
Thursday, April 25, 2024
ދުނިޔެ

14 އަހަރަށްފަހު އެތެންސްގައި މިސްކިތެއް ހުޅުވައިފި

އެތެންސްގައި ހުޅުވި މިސްކިތް

14 އަހަރަށްފަހު ގްރީސްގެ ވެރިރަށް އެތެންސްގައި މިސްކިތެއް ހުޅުވައިފިއެވެ.

އެތެންސްގައި މި މިސްކިތް ހުޅުވާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށްވާއިރު، ކޮވިޑް-19 އާއި ގުޅިގެން މި މިސްކިތުގައި ނަމާދު ކުރުން ކުރިއަށް ގެންގޮސްފައިވަނީ މަދު އަދަދެއްގެ ބަޔަކާއެކު ގައިދުރުކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ.

މި މިސްކިތުގެ އިމާމަކީ މޮރޮކޯ އަށް އުފަން އުމުރުން 49 އަހަރުގެ ޒަކީ މުހައްމަދެވެ.

ގްރީސްގެ 97 ޕަސެންޓު މީހުންނަކީ ކްރިސްޓިއަނުން ކަމަށްވާއިރު، އެތެންސްގައި މިސްކިތެއް ބިނާ ކުރުމަށް އެގައުމުގެ ސަރުކާރުން 2006 ވަނަ އަހަރު ހުއްދަ ދީފައިވެއެވެ. ނަމަވެސް މުޒާހަރާތަކާއި އަދި ގާނޫނީ އެތައް މައްސަލަތަކަކާއި ހެދި އަހަރުތަކެއް ވަންދެން އެކަން އޮތީ ނުފެށި ހުއްޓިފައެވެ.

އެތެންސްގައި މިސްކިތެއް ހުޅުވުމާއެކު ޔޫރަޕްގެ ވެރިކަން ކުރާ ހުރިހާ ސިޓީއެއްގައި ވެސް މިހާރު މިސްކިތް ގާއިމުކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.