Last Updated: May 16, 01:00
Friday, May 16, 2025
ޚަބަރު

ޝަހީދު ހުސެއިން އާދަމަށްޓަކައި މުޅި ގައުމު ފަހުރުވެރިވޭ: ރައީސް

ނޮވެމްބަރު 3 ގެ ބަތަލު، ޝަހީދު ޙުސައިން އާދަމަށްޓަކައި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ޝަހީދު ޙުސައިން އާދަމްގެ ލޮބުވެތި ބައްޕަ ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދަށް މިއަދު ފޯނުން ގުޅުއްވައި، ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާޢަތަކާ ގުޅިގެން ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤަައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ފުރާނަ ޤުރްބާން ކުރައްވައި، ޝަހީދު ހުސެއިން އާދަމް އެކުރެއްވި މަތިވެރި ޖިހާދަކީ، ރާއްޖޭގެ ތާރީޚުން ދުވަހަކުވެސް ފަނޑުވެގެންދާނެ ޖިހާދެއް ނޫން ކަމަށް ވިދާޅުވިއެވެ.

އަދި ޝަހީދު ޙުސައިން އާދަމަށްޓަކައި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

1988 ވަނަ އަހަރު ދިވެހީންގެ ޚާއިނުންތަކެއް ލަންކާގެ ޓައިގަރުންގެ ބަޔަކާ ގުޅިގެން ދިން އަނިޔާވެރި ހަމަލާތަކުގައި ހުސެއިން އާދަމް އާއެކު 19 ދިވެހިން ވަނީ ޝަހީދުކޮށްލާފައެވެ.