ސޮނޭވާ ޖާނީ އިން 85 ވަޒީފާގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސޮނޭވާ ޖާނީން ބުނީ މި ވަޒީފާތަކަށް ހުރިހާ ގައުމުތަކެއްގެ މީހުންނަށް ވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ނަމަވެސް ދިވެހިންނަށް އިސްކަން ދޭނެ ކަމަށެވެ.
ސޮނޭވާ ޖާނީން ހުޅުވާލި ވަޒީފާގެ ފުރުސަތުތައް:
ހައުސްކީޕިން: 18
ބަޓްލަރު: 16
ވޯޓާ ސްޕޯޓްސް: 2
ބޯޓް ކްރޫ: 6
ރިޒަވޭޝަން އެޖެންޓް: 1
ގިފްޓް ޝޮޕް އެސިސްޑެންޓް: 2
އެއާޕޯޓް ހޮސްޓް: 2
އެސިސްޑެންޓް އެފްއެންބީ މެނޭޖަރެއް
ޑެސްޓިނޭޝަން މެނޭޖަރު: 3
އެފްއެންބީގެ އިތުރު ވަޒީފާތަކަށް: 8
އިންޖިނިއަރިން ޓީމް: 10
ކިޗަން ޓީމް: 14
ސޮނެވާގެ ސީއީއޯ ސޯނޫ ޝިވްދަސާނީ ވިދާޅުވީ މިއަހަރަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ވެސް އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ވެސް އުނދަގޫ އަހަރެއް ކަމަށާއި މިފަދަ އަހަރެއްގައި 100 ވަރަކަށް ވަޒީފާ އަށް މީހުން ހޯދަން ހުޅުވާލުމަކީ ލިބޭ އުފަލެއް ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ހީނަރުކަން އައިސްފައިވާއިރު، މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ ގުޅިގެން ފަތުރުވެރިކަން މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. އެގޮތުން ބޯޑަރު ހުޅުވާލިފަހުން މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 41،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ވަނީ ޒިޔާރަތްކޮށްފައެވެ.