Last Updated: July 22, 21:03
Tuesday, July 22, 2025
ޚަބަރު

އުނގޫފާރުގެ މަގުތަކުގައި ތާރު އަޅަން އަންނަ މަހު ފަށަނީ

ރ.އުނގޫފާރުގެ މަގުތަކުގައި ތާރު އަޅަން އަންނަ މަހު ފެށޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރިއަށްދާ ކަމަށާއި، އެގޮތުން އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ތާރު އެޅުމަށް ބޭނުންވާ އެސްފޯލްޓް ޕްލާންޓް މިހާރު މަޝްރޫއު ހިންގާ ސަރަހައްދަށް ގެނެވިފައިވާ ކަމަށެވެ.

އަދި ޑިސެމްބަރު މަހުގައި ތާރު އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

އުނގޫފާރު ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން އުނގޫފާރުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި ރަނގަޅު ފެންވަރަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުއަކީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.