Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

އިވަގޫމީ އާއެކު ފެނު އަޑީގައިވެސް މިހާރު ބަގީޗާ ހެއްދޭނެ

ފޭދޫ ބޮޑުމަގުގައި އަލަށް ހުޅުވައިގެން އުޅޭ އިވަގޫމީ ނަމަކަށް ކިޔާ ވިޔަފާރި އަކީ ބޭރުން ބަލާ ބެލުމަށް ޓޭންކުގައި ގެންގުޅޭ މަސް ވިއްކާ ފިހާރައެކޭ ހީވެދާނެއެވެ. ނަމަވެސް މި ފިހާރަކައަކީ އެއްގޮތަކަށްވެސް އާދައިގެ ޓޭންކު މަސް ވިއްކާ ފިހާރައެއް ނޫނެވެ.

އިވަގޫމީ އަކީ ކޮންތަނެއް؟

އިވަގޫމީ އަކީ ފޭދޫ ބޮޑު މަގުގައި، އަލަށް ހުޅުވި އެކުއަސްކޭޕިންގ ފިހާރައެކެވެ. އެކުއަސްކޭޕިންގ އަކީ ގަސް އަތުރާ، އެ ގަސްތައް އިންދާ، ގަލާއި، ލަކުޑި ފަދަ ތަކެތި ބޭނުންކޮށްގެން ބަލާލަން ރީތި، ހިތްގައިމު މަންޒަރެއް ފެނު އަޑީގައި އުފެއްދުމެވެ. ކުރު ގޮތަކަށް ބުނާ ނަމަ، ފެނުއަޑީގައި ބަގީޗާ ހެއްދުމެވެ. އެގޮތުން އިވަގޫމީ އިން މަސްޓޭންކުތައް ކަސްޓަމަރުން ބޭނުން ގޮތަކަށް ތައްޔާރުކޮށް، އެއަށް ބޭނުން ވާ ހުރިހާ ސާމާނަކާއި އެކު ކަސްޓަމަރުންގެ ގެއާއި ހަމައަށް ފޯރު ކޮށްދެއެވެ.

އިވަގޫމީ ގެ ޚާއްސަ ޚިދުމަތް ތަކަކީ ކޮބާ؟

ދުނިޔޭގެ އެކި ޤައުމުތަކުން ފެންނަ ބައެއް ގުދުރަތީ ރީތި މަންޒަރު ތަކަކީ އަހަރެމެންގެ ރާއްޖެއިން ނުފެންނަ މަންޒަރުތަކެކެވެ. ފަރުބަދަ ތަކާއި، ބައެއް ކަހަލަ ޖަނގަލިތަކުގެ މަންޒަރު ތަކަކީ ދިވެހިންނަށް ހަމައެކަނި ބޭރު ޤައުމު ތަކަށް ގޮސްގެން ބަލާލެވޭ ތަންތަނެވެ. ނަމަވެސް އިވަގޫމީ އިން އެފަދަ މަންޒަރުތައް ގޭތެރެއަށް ގެންގޮސްދެއެވެ. އެގޮތުން ކަސްޓަމަރު ބޭނުން ގޮތަކަށް މަންޒަރުތައް ދައްކުވައި ދިނުމަށް އިވަގޫމީގެ ޓީމުން މަސައްކަތް ކުރެއެވެ. މި ޓީމުން ބުނާ ގޮތުން، މި މުޅި ސެޓަޕް އެއްކޮށް ތިން ދުވަސް ތެރޭ ތައްޔާރު ކޮށްދެވޭނެއެވެ. އަދި ކަސްޓަމަރުން ބޭނުން ކަމުގައިވާ ނަމަ، އެއް މަސް ދުވަސް ވަންދެން އެ ސެޓަޕް އިވަގޫމީ ފިހާރައިގައި ހިލޭ ބަހައްޓައިގެން، އޭގައި ހުންނަ ގަސްތަކަށް މޫފައިބާ ރަނގަޅަށް ހެދެން ދެން ބަލަހައްޓައިދޭނެއެވެ. އަދި ކަސްޓަމަރު ބޭނުން ވުމުން ގެއަށް ހިލޭ ޑެލިވެރީވެސް ކޮށްދެއެވެ.



އެގޮތުން މަސް ޓޭންކު ސެޓަޕެއްގައި ހިމެނޭނީ ކަސްޓަމަރު ބޭނުންވާ މަންޒަރު ދައްކުވަން ބޭނުން ކުރާ ވަކަރު ކޮޅުތަކާއި، ގާތަކާއި، ގަސްތަކުގެ އިތުރުން މަހެވެ. އަދި އެއަށް ބޭނުންވާ ފެނާއި، ބޮކި ތަކާއި، ޓިއުބާއި، ކާބަންޑައިއޮކްސައިޑް ސިސްޓަމް ވެސް އޭގައި ހިމެނެއެވެ. އަދި ކަސްޓަމަރު ބޭނުން ނަމަ، 'އެޑް އޮން' ގެ ގޮތުގައި ސިސްޓަމަށް ބޭނުންވެދާނެ ސާފުކުރާ ސާމާނު ފަދަ ތަކެތި ވެސް ސިސްޓަމަށް ލެވޭނެއެވެ. އިވަގޫމީ ޓީމުން ބުނާ ގޮތުން، އެތަނުން އަގު ނަގާނީ ސެޓަޕުގެ އަގާއި، ސެޓަޕަށް އިތުރު ކުރާ އެޑް އޮންތަކުގެ އަގެވެ. ފިހާރަައިގައި ބަހައްޓައިގެން ކުރާ އެއް މަސް ދުވަހުގެ މެއިންޓެނެންސް މަސައްކަތަށް އެޓީމުން އެއްވެސް އަގެއް ނުނަގާނެއެވެ. އެކުއަސްކޭޕިންގ ގެ އިތުރުން، ވަކިން މަސްތަކާއި، މަހަށް ބޭނުންވާ ކާނާ ފަދަ ތަކެތިވެސް އެތަނުން ލިބެން ހުންނާނެއެވެ.

ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންނަށް ލިބޭނީ ކޮން ޚިދުމަތްތަކެއް؟

މި ޓީމުން ބުނާ ގޮތުގައި ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެ އިވަގޫމީގެ ޚިދުމަތްތައް ފުޅާ ވެގެން ދާނެއެވެ. އެގޮތުން، މި ހަފްތާ ތެރޭގައި އިތުރު ގިނަ ސާމާނު ތަކެއް ލިބޭނެ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ. އެގޮތުން މަދުން ނޫނީ ނުފެންނަ ގަސްތަކާއި، ޓޭންކުތަކަށް ބޭނުންވާ ލައިޓުތައް ފަދަ އިތުރު ސާމާންތަކާއި، ޑިޒައިން ކުރަން ބޭނުންކުރާނެ ޑްރިފްޓް ވުޑް ފަދަތަކެތިވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިވަގޫމީ އިން ލިބެން ހުންނާނެ ކަމަށް އެޓީމުން މައުލޫމާތު ދެއެވެ.

އިވަގޫމީގެ ނަން އައީ ކިހިނެތް؟

އިވަގޫމީ، މި ނަމަކީ ޖަޕާނު ބަހެކެވެ. އަދި އޭގެ މާނަ އަކީ "ރޮކް ފޯމޭޝަން" ނުވަތަ ގާ ބޭނުން ކޮށްގެން ހެދިފައި ހުރުމެވެ. އެކުއަސްކޭޕިންގގެ ދުނިޔޭގައި އިވަގޫމީ އަކީ ވަރަށް މަޝްހޫރު ނަމެކެވެ. އެގޮތުން މިއިީ ޓޭންކު ތައްޔާރު ކުުރުމުގައި ބޭނުން ކުރެވޭ އެންމެ އާދައިގެ، އެންމެ ފަސޭހަ އެހެން ނަމަވެސް އެންމެ ރީތި އެއް މަންޒަރު ދައްކުވައިދޭ ޑިޒައިނަކަށް ވޭތީއެވެ. އެގޮތުން އެކުއަަސްކޭޕް ކުރާއިރު ވެސް އޭގެ އަސްލު ނުގެއްލި ހުންނާނެ ހެން ބޭނުން ކުރަނީ ހަމައެކަނި ގަލާއި ވިނަކަހަލަ ގަހެވެ. އިވަގޫމީ ގެ ޓީމުން ބުނާ ގޮތުގައި، ވިޔަފާރިއަށް އިވަގޫމީގެ ނަން ދޭން ނިންމީ މި ސަބަބަށްޓަކައެވެ.

އިވަގޫމީ ހޯދާނީ ކިހިނެތް؟

އިވަގޫމީ ފިހާރަ:https://goo.gl/maps/xq88DgrLpvsa6xG48
އިވަގޫމީ ފޭސްބުކް ޕޭޖު:https://www.facebook.com/Iwagumi.mv/
އިވަގޫމީ އިންސްޓަގްރާމް:https://instagram.com/iwagumi.mv?igshid=zt7545dzdg8p
އިވަގޫމީ ވައިބަރ ކޮމިއުނިޓީ:https://invite.viber.com/?g2=AQAxyxmS%2BluelExeo61rCI5wKTqxMg1S1dE6Q%2Ff2kb6et2D%2B7m%2FSmfiU1Gwk1n7Q
އިވަގޫމީ ފޯނު ނަންބަރު: 9997268