Last Updated: July 23, 06:04
Wednesday, July 23, 2025
ޚަބަރު

ފަތުރުވެރިކަން މިދަނީ ކުރިއަރަމުން، ރާއްޖެ ދަރަނިވެރި ނުވާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ކޮވިޑް-19 އާއި ގުޅިގެން އައި ހީނަރުކަމަށްފަހު ފަތުރުވެރިކަން ވެސް ކުރިއަރަމުންދާ ކަމަށާއި، ރާއްޖެ ދަރަނިވެރި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ކްރެޑިޓް ރޭޓިން ކުންފުނި، ފިޗުން ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް ދަށްކުރި ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މިއަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ދަށްކޮށްފައިވެއެވެ. އެގޮތުން މިފަހަރު ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައި މިވަނީ، ދަރަނި އިތުރުވެފައި ވުމުންނާއި އިގުތަސޯދީ ކުރިމަގު ވަރަށް ބަނަކޮށް ފެންނާތީއެވެ.

ކްރެޑިޓް ރޭޓް ދަށްކުރިކަން އެންގުމުގެ ގޮތުން ފިޗްއިން ނެރުނު ބަޔާނު ވަނީ ރާއްޖޭއަށް ބޭރު ފައިސާ ލިބޭ މިންވަރު ދަށްވުމުން ކަންބޮޑުވާކަމަށް ބުނެފަ އެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެ ރޭޓިން ގަބޫލުކުރަން ދެކޮޅުކަން ހާމަކޮށްފައެވެ. އެގޮތުން ރާއްޖޭގެ ދަރަނި ދުވަހަކު ވެސް ޑީފޯލްޓްވެފައި ނުވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެކަން އެގޮތުގައި ދަމަހައްޓާނެ ކަމަށް ބުނެފައިވެއެވެ. އަދި ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތައް ދައްކަންޖެހޭ ވަގުތަށް އެއްކޮށް ދެއްކޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ނަމަވެސް ފިޗުގެ ވާހަކަ އަޑުއަހަން ޖެހޭ ކަމަށެވެ. ނަމަވެސް ބޭރުގެ ލޯނުތަށް "ރީ ސްޓްރަކްޗާ" ކުރެވިއްޖެނަމަ ރާއްޖެ ދަރަނިވެރި ނުވާނެ ކަމަށާއި އެގޮތުން އެމަނިކުފާނު ޗައިނާގެ ލޯނުތައް ނަޝީދު ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގެ ޓޫރިޒަމް ކުރިއަރަމުން އަންނަކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން އުންމީދު އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.