Last Updated: July 23, 06:04
Wednesday, July 23, 2025
ޚަބަރު

ތަކަންދޫ އަށް ބޮޑު މަހެއް ލައްގައިފި

ތަކަންދޫ އަށް ލެއްގި ބޮޑު މަސް - ފޮޓޯ: އައިޝަތު އާސިފާ

ހއ. ތަކަންދޫއަށް ބޮޑުމަހެއް ލައްގައިފި އެވެ.

އެ ބޮޑު މަސް ލައްގާފައިވަނީ އެރަށު ފުއްޓަރު ފަރާތަށެވެ. އެ މަސް ލައްގާފައިވަނީ މިއަދު ހެނދުނު 10 ޖަހާކަށް ހާއިރު އެވެ.

އެ މަސް އޮތީ ވަރަށް ކުނިވެފައި ކަމަށް ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ތަކަންދޫ ކައުންސިލް ނައިބު ރައީސާ އައިޝަތު އާސިފާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން މަސް ނައްތާލުމުގެ ވަސީލަތްތައް އެރަށުގައި ނެތުމުން އެކަމުގެ އެހީ އަށް ކަމާބެހޭ ފަރާތްތަކުގެ ގާތުގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.