Last Updated: July 23, 06:04
Wednesday, July 23, 2025
ޚަބަރު

ތުލުސްދޫ ފަތުރުވެރިންނަށް ހުޅުވާލައިފި

ކ.ތުލުސްދޫ ފަތުރުވެރިންނަށް މިއަދު ހުޅުވާލައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން ގެސްޓްހައުސްތައް ހުޅުވާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

ތުލުސްދޫގައި މިއަދު ވަނީ އެ ރަށަށް ފުރަތަމަ އައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ކުޑަ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ރާއްޖޭގެ ހަ އަތޮޅެއްގެ ރަށްތަކުގައި ހިންގާ 69 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.

މިހާތަނަށް ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދީފައިވަނީ:

– ނ. ފޮއްދޫ
– ކ. ހުރާ
– ވ. ފުލިދޫ
– ވ. ތިނަދޫ
– އއ. މަތިވެރި
– ކ. މާފުށި
– ކ.ތުލުސްދޫ
– އއ. ތޮއްޑޫ
– އއ. އުކުޅަސް
– ކ. ގުރައިދޫ
– ކ.ގުޅި
– އއ. ރަސްދޫ
– ކ. ހިންމަފުށި
– އއ. ރަސްދޫ
– އައްޑޫ ސިޓީ ފޭދޫ
– އައްޑޫ ސިޓީ މަރަދޫފޭދޫ
– ފުވައްމުލައް ސިޓީ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ގެސްޓު ހައުސްތައް ހުޅުވާއިރު އެރަށްތަކުގައި ދިރިއުޅޭ މީހުން މާސްކު އަޅަން ޖެހޭނެ ކަމަށް ބުނެފައެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ގެސްޓްހައުސް ވިޔަފާރިކުރާ ރަށްރަށުގެ ރައްޔިތުންނަށް މާސްކް ހަދިޔާކުރަން ނިންމާފައެވެ