Last Updated: July 23, 06:04
Wednesday, July 23, 2025
ޚަބަރު

ބޯކޮށް ވާރޭވެހި ނައިފަރުގައި ފެން ބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި ޅ.ނައިފަރުގައި ފެން ބޮޑުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އުތުރުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ނައިފަރުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 1:55 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މެޓް އޮފީހުން ވަނީ މިއަދު ހަވީރު 4 ޖެހުމާ ހަމައަށް ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.