Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު

ކަސެމެއިރޯ އާއި ހަޒާޑް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރެއާލް މެޑްރިޑްގެ ދެ ކުޅުންތެރިން ކަމަށްވާ ކަސެމެއިރޯ އާއި އެޑެން ހަޒާޑް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރެއާލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ހެނދުނު ނެގި ސާމްޕަލްތަކުން ހަޒާޑް އާއި ކަސެމެއިރޯ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެ ދެ ކުޅުންތެރިން ޕޮޒިޓިވްވުމާ ގުޅިގެން ޓީމުގެ އެހެން ކުޅުންތެރިންނާއި ސްޓާފުން މިއަދު ހެނދުނު ޓެސްޓު ކޮށްފައިވާ ކަމަށާއި އެ ޓެސްޓުތަކުން އެ ފަރާތްތައް ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމަށް ރެއާލް އިން ބުނެއެވެ.

މި ދެ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވް ވިއިރު މި ހަފްތާގައި ސްޕެނިޝް ލީގުގައި ކުޅޭ މެޗުތަކަށްފަހު ގައުމީ ޓީމުތަކުގެ މެޗުތައް ކުޅުމަށް ލީގު މެދުކަނޑާލާނެއެވެ. ކޮވިޑަށް ޕޮޒިޓިވް ވުމުން އެ ދެ ކުޅުންތެރިންނަށް ވެސް ގައުމީ ޓީމާއެކު މެޗުތައް ނުކުޅެވޭނެއެވެ.

ލީގުގައި ރެއާލް މި ހަފްތާގައި ބައްދަލުކުރާނީ ވެލެންސިޔާއާ އެވެ. ރެއާލް މިވަގުތު އޮތީ 16 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ.