Last Updated: July 23, 06:04
Wednesday, July 23, 2025
ޚަބަރު

ތަކަންދޫ އަށް ލެއްގި ބޮޑުމަސް ނައްތާލުމުގެ މަސައްކަތް ފަށައިފި

ހއ.ތަކަންދޫ އަށް ލެއްގި ބޮޑުމަސް ނައްތާލުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ބޮޑު މަސް ލައްގާފައިވަނީ އެރަށު ފުއްޓަރު ފަރާތަށެވެ. އެ މަސް ލައްގާފައިވަނީ މިއަދު ހެނދުނު 10 ޖަހާކަށް ހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ ތަކަންދޫ އަށް ލެއްގި ބޮޑުމަސް ނައްތާލުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދާން އޭރިއާގެ ސިފައިންނާއި ތަކަންދޫ ކައުންސިލާއި ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ.

އެ މަސް އޮތީ ވަރަށް ކުނިވެފައި ކަމަށް ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ތަކަންދޫ ކައުންސިލް ނައިބު ރައީސާ އައިޝަތު އާސިފާ ވަނީ ވިދާޅުވެފައެވެ.