Last Updated: July 23, 06:04
Wednesday, July 23, 2025
ވިޔަފާރި

މަންޓާ އެއާގެ ހަތްވަނަ ސީޕްލޭން ރާއްޖެ ގެނެސްފި

މަންޓާ އެއާގެ ހަތްވަނަ ސީޕްލޭން ރާއްޖެ ގެނެސްފި އެވެ.

އިއްޔެ ރާއްޖެ ގެނައި މި ބޯޓު ގެނެސްފައިވަނީ ކެނެޑާއިންނެވެ. މިސީޕްލޭންއަކީ ޑީ.އެޗް.ސީ 6 ޓްވިން އޮޓަރ މަރުކާގެ ބޯޓެކެވެ.

އެ ސީޕްލޭން ބޭނުން ކުރަމުން ދާނީ ބ. އަތޮޅުގައި ތަރައްގީކޮށްފައިވާ ނައުޓިލަސް މޯލްޑިވްސް ރިސޯޓަށް ފަތުރުވެރިން އުފުލުމަށް ކަމަށް މަންޓާއިން ބުނެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީމަހު މަންޓާގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވާއިރު، މަންޓާގެ ސީޕްލޭން ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ކޮވިޑް-19 އަށް ފަހު މަންޓާ އިން ދާދިފަހުން ވަނީ ކުޑަހުވަދުއަށް އަލުން ޝެޑިއުލް ދަތުރުތައް ވެސް ފަށާފައެވެ. މަންޓާ އެއާއިން އަންނަނީ ކުޑަހުވަދޫގެ އިތުުރުން ބ. ދަރަވަންދޫ އާއި ގއ ކޫއްޑޫ އަށް ވެސް ދަތުރުތައް ކުރަމުންނެވެ.

ޑޮމެސްޓިކް ދަތުރުތަކުގައި އެ ކުންފުނިން ބޭނުންކުރަނީ އޭޓީއާރު 600-72 މަރުކާގެ ތިން އެއާކްރާފްޓެވެ.

މަންޓާ އިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ.