Last Updated: April 19, 18:16
Friday, April 19, 2024
ދުނިޔެ

އެމެރިކާގެ ރައީސަކަށް ޖޯ ބައިޑެން އިންތިހާބު ވެއްޖެ

ޖޯ ބައިޑެން - ފޮޓޯ: އޭޕީ

އެމެރިކާގެ ރިޔާސީ އިންތިހާބު، ޑިމޮކްރެޓް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން ކާމިޔާބު ކުރައްވައިފިއެވެ.

އެމެރިކާގައި މިދިޔަ އަންގާރަ ދުވަހު ކުރިއަށްދިޔަ އިންތިހާބުގެ ވޯތުތައް ގުނުން އަދިވެސް ކުރިއަށްދާއިރު، އިންތިހާބުގެ ނަތީޖާ ކަނޑައަޅާނީ އިލެކްޓޯރަލް ކޮލެޖް ވޯޓުންނެވެ. އެގޮތުން ރައީސް ކަމަށް އިންތިހާބު ވާނީ މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ހޯއްދަވާ ބޭފުޅެކެވެ.

އެގޮތުން މިހާތަނަށް ބައިޑެން ވަނީ 273 ވޯޓު ހޯއްދަވާފައެވެ. މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގަތީ 213 ވޯޓެވެ.

އުމުރުފުޅުން 77 އަހަރުގެ ބައިޑެން އަކީ އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި 46 ވަނަ ރައީސް އެވެ. އަދި ބައިޑެންގެ ނައިބު ރައީސާ، ކަމަލާ ހެރިސް އަކީ އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ނައިބު ރައީސާ އެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕަކީ 1992 ވަނަ އަހަރަށްފަހު ދެވަނަ ދައުރެއް ލިބިވަޑައިނުގެން ވެރިކަމާއި ދުރަށް ވަޑައިގަންނަވާ ފުރަތަމަ ބޭފުޅާއެވެ. އެންމެފަހުން ދެވަނަ ދައުރެއް ލިބިވަޑައިނުގެން ވެރިކަމުން ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ޖޯޖް ބުޝް އެވެ.

އިންތިހާބު ބައިޑެން ކާމިޔާބު ކުރެއްވި ނަމަވެސް އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވަން ޓްރަމްޕް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. ޓްރަމްޕްގެ ރިޔާސީ ދައުރު ހަމަވާނީ ޖެނުއަރީ 20 ގައެވެ.