Last Updated: July 23, 06:04
Wednesday, July 23, 2025
ޚަބަރު

މިއަދު ޕޮޒިޓިވްވީ 30 މީހުން

ކޮވިޑް-19 ގެ ސާމްޕަލްތައް ޓެސްޓު ކުރަނީ - ފޮޓޯ: ރާއްޖެއެމްވީ

ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ 30 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 15 ދިވެހިންނާއި 15 ބިދޭސީން ހިމެނޭ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11،962 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 850 ކޭސް އެވެ. މި ބަލިން 11،066 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 50 މީހަކަށެވެ. މި ބަލީގައި 39 މީހަކު ވަނީ ނިޔާވެފައެވެ.