Last Updated: May 8, 02:23
Tuesday, May 7, 2024
ވިޔަފާރި

ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް ހަމަޖައްސައިފި

ލޮޓަސް ފިހާރަ ---

މާލެ ސަރަހައްދުގައި ހިންގާ ފިހާރަތައް މިއަދުން ފެށިގެން ކޮންމެ ރެއެއްގެ ވެސް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެޗްޕީއޭ އިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ފިހާރަތައް ހުޅުވަން މީގެކުރިން މިނިސްޓްރީން ހުއްދަ ދީފައިވަނީ ހެނދުނު 6:00 އިން ރޭގަނޑު 9:30 އަށެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، މިއަދުން ފެށިގެން ފިހާރަތައް ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

އަދި ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން ވާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭ އިން ރޭ ވަނީ މާލެ ސަރަހައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައެވެ. އެގޮތުން މާލެ ސަރަހައްދުގެ ކާފިއު ގަޑި ރޭގަނޑު 12 އިން ފަތިހު 4 އަށް އަދި 15 މީހުންނަށް ވުރެ ގިނަ ނުވާނެ ގޮތަށް މީހުން އެއްވެ އުޅުމަށް ހުއްދަދީ، މައިޒާންތަކާއި ޕާކުތައް ހުޅުވުމަށް ވެސް ހުއްދަ ދީފައެވެ.