Last Updated: July 23, 20:25
Wednesday, July 23, 2025
ޚަބަރު

މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދޭން ގޮވާލައި ގަރާރެއް

މަސްވެރިންނަށް ކުރިމަތިވަމުންދާ ދަތިތައް ހައްލުކޮށް ދިނުމަށް ގޮވާލައި، އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.

އެ ގަރާރުގައި ބުނެފައިވަނީ މަސްވެރިން ބާނާ މަސް ކިރުމަށްޓަކައި ކިޔޫގައި ޖެހިގެން ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަންޖެހުމާއި، އެކަމާ ގުޅިގެން ބޭކާރު ގިނަގުނަ ހަރަދުތަކެއް ހިނގައި، ތަކުލީފުތަކެއް އުފުލަންޖެހިފައިވާ ކަމަށެވެ.

އަދި ކިރާ މަހަށް ފައިސާ ލިބުން ލަސްވުމާއި، ކަޅުބިލަ މަހާއި ކަންނެލީގެ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ. އެހެންކަމުން މި ކަންކަން ހައްލުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މި ގަރާރުގައި ވަނީ ގޮވާލާފައެވެ.