Last Updated: July 23, 20:25
Wednesday, July 23, 2025
ޚަބަރު

މަރުވެގެން ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް

ހުޅުމާލެ ހޮސްޕިޓަލް - ފޮޓޯ: އަވަސް

މަރުވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްއީއޯސީން ބުނީ މަރުވެގެން ހޮސްޕިޓަލަށް ގެންދިޔުމުން އޮންނަ ޕްރޮޓޮކޯލްގެ ތެރެއިން ކޮވިޑަށް ޓެސްޓު ކުރިއިރު މީހާ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ މީހާއަކީ 43 އަހަރުގެ ބަންގްލަދޭޝްގެ މީހެކެވެ.

ނަމަވެސް އެއީ ކޮވިޑް މަރެއްގެ ގޮތުގައި މިހާތަނަށް ކަނޑައަޅާފައި ނުވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް 11،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި 39 މީހުން ވަނީ ނިޔާވެފައެވެ.