މިއަދު ހުޅުމާލެ އިން މަރުވި މީހާ އަކީ ކޮވިޑް19 ޖެހިގެން މަރުވި މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
އެޗްޕީއޭ އިން މިގޮތަށް ނިންމުމުން ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 40 އަށް އަރާފައެވެ. ހުޅުމާލެއިން މަރުވެފައިވަނީ 43 އަހަރުގެ ބަންގްލަދޭޝްގެ މީހެކެވެ.
ކޮވިޑް ޖެހިގެން މިދިޔަ ހުކުރު ދުވަހު ވެސް މީހަކު މަރުވެފައިވެއެވެ. އެ ދުވަހު މި ބަލީގައި މަރުވެފައިވަނީ އުމުރުން 88 އަހަރުގެ ދިވެއްސެކެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑަށް 11،000 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.