Last Updated: July 23, 20:25
Wednesday, July 23, 2025
ޚަބަރު

މިއަދު ޕޮޒިޓިވްވީ 24 މީހުން

:ހުޅުމާލެ މެޑިކަލް ފެސިލިޓީ - ފޮޓޯ ހެލްތު މިނިސްޓްރީ

ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ 24 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 18 ދިވެހިންނާއި 6 ބިދޭސީން ހިމެނޭ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11،986 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 847 ކޭސް އެވެ. މި ބަލިން 11،092 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 60 މީހަކަށެވެ. މި ބަލީގައި 40 މީހަކު ވަނީ ނިޔާވެފައެވެ.