Last Updated: July 24, 09:16
Thursday, July 24, 2025
ޚަބަރު

ހައި ސެކިއުރިޓީ ޔުނިޓްތަކުގައި ތިބި ޤައިދީންނާ އިމްރާން ބައްދަލުކޮށްފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިއަދު މާފުށީ ޖަލަށް ޒިޔާރަތްކުރައްވައި، ހައި ސެކިއުރިޓީ ޔުނިޓްތައް ބައްލަވައިލައްވައިފިއެވެ.

މި ޒިޔާރަތުގައި މިނިސްޓަރ އާއި ކޮމިޝަނަރ ވަނީ ހައި ސެކިއުރިޓީ ޔުނިޓްތަކުގެ ކަންތައްތައް ބައްލަވާލައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ އާއި ކޮމިޝަނަރ ވަނީ ހައި ސެކިއުރިޓީ ގޮޅިތަކަށް ވަކި ވަކިން ޒިޔާރަތްކުރައްވައި، އެ ގޮޅިތަކުގައި ތިބި ޤައިދީންގެ ކަންބޮޑުވުންތައް އައްސަވާފައެވެ.

އަދި އެފަރާތްތަކުގެ ކަންބޮޑުވުންތައް ހައްލު ހޯދޭނެ ގޮތްތައްވެސް ބައްލަވާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.